އޭޑީކޭ ހޮސްޕިޓަުން ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮންލައިން ފްލޫ ކްލިނިކް" އެއް ހުޅުވައިފި އެވެ.
މި ހިދުމަތް އޭޑިކޭ ހޮސްޕިޓަލުން ފޯރުކޮށްދެނީ ހިިލޭ އެވެ. އެ ހޮސްޕިޓަލުން ބުނީ އޮންލައިންކޮށް ފްލޫ ކްލިނިކްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ހެނދުނު8:00 ން ރޭގަނޑު8:00 އަށް އެޕޮއިންޓްމެންޓް ހައްދަން ގުޅޭނެ ކަމަށެވެ.
ރޯގާ އާއި ހުމުގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ނުވަތަ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ފަހުން ބަލީގެ އަލާމާތެއް ފެންނަ ނަމަ އޮންލައިން ފްލޫ ކްލިނިކަށް ދެއްކޭނެ އެވެ. އެޕޮއިންޓްމެންޓު ހެއްދުމުން ގޭގައި ތިއްބަ އެހޮސްޕިޓަލްގެ ޑޮކްޓަރުން ގުޅައި ބަލީގެ ހާލަތު އޮޅުންފިލުވާ ބޭނުން ކުރަންވީ ބޭހުގެ މައުލޫމާތު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅަން ޖެހެނީ އޭޑީކޭ ހޮސްޕިޓަލްގެ ނަމްބަރު3313553 ނަމްބަރަށެވެ.
https://twitter.com/ADKHospital/status/1238543202854068224
އޮންލައިން ފްލޫ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށް ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެ އެވެ. އެކަމަށް ވައިބާ ނުވަތަ ސްކައިޕްގައި ބޭނުންކުރާ ނަންބަރު ހޮސްޕިޓަލާއި ހިއްސާކުރުން މުހިއްމުކަމަށް އޭޑީކޭއިން ބުނެއެވެ.
އަދި "އާސްކް އޭޑީކޭ" މެދުވެރިކޮށް ވައިބާ ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖާއިން އޮންލައިން ފްލޫ ކްލިނިކްގެ ކިއު ތަރުތީބު ބަލާލެވޭނެ އެވެ. ޑޮކްޓަރު ގުޅަމުންދާނީ އެޕޮއިންޓްމެންޓް ހައްދާ ތަރުތީބުން ކަމަށް އޭޑީކޭއިން ބުނެ އެވެ.
އޭޑީކޭ އޮންލައިން ފްލޫ ކްލިނިކްގެ އިތުރުން މާލޭގައި ވަނީ އާންމު ރޯގާތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުންނަށް ހާއްސަކޮށް ވަކިން ކްލިނިކްތަކެއް ހުޅުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް