ކޮވިޑް-19: ޝައްކު ކުރެވޭ މީހުން ފެނި އިތުރު ރިސޯޓުތަކެއް މޮނިޓަރިންއަށް

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންތަކެއް ތިބުމުން އިތުރު ރިސޯޓުތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. އެ ރިސޯޓުތަކަކީ ބަނޑޮސް އައިލެންޑް ރިސޯޓާއި އޮޅުވެލި ބީޗް ރިސޯޓު، މީރު އައިލެންޑް ރިސޯޓު...

14 Mar 2020 | 04:45

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންތަކެއް ތިބުމުން އިތުރު ރިސޯޓުތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެ ރިސޯޓުތަކަކީ ބަނޑޮސް އައިލެންޑް ރިސޯޓާއި އޮޅުވެލި ބީޗް ރިސޯޓު، މީރު އައިލެންޑް ރިސޯޓު އަދި ޝެރެޓަން މޯލްޑިވްސް ފުލްމޫން އައިލެންޑް ރިސޯޓެވެ. މި ރިސޯޓުތަކުން ވައިރަހުގެ އަލާމާތްތައް ފެނިފައިވާ ޓޫރިސްޓުންގެ ފަރާތުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މީގެ ތެރެއިން އޮޅުވެލި ރިސޯޓުން ދެ ޓޫރިސްޓެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އެހެން ރިސޯޓުތަކުން ވައިރަހުގެ އަލާމާތްތައް ފެނިފައިވާ އެކަކުގެ އެވެ.

މިއެންމެން މިވަގުތު ތިބީ އެ ރިސޯޓުތަކުގެ ހޯމް އައިސޮލޭޝަންގައި އެވެ. އަދި ވައިރަހަށް ޓެސްޓު ކުރުމުގެ ކަންކަން އެޗްޕީއޭއިން ކުރަމުންދާ ކަމަށް ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ނުވަ މީހަކަށް ކޮރޮނާ ވައިރަސް ޖެހިފައިވެ އެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

މި ބަލީގެ އަލާމާތްތައް ހުރި މީހުން ފެންނަމުންދަނީ ރިސޯޓުތަކާއި ގެސްޓު ހައުސް ހިންގާފައިވާ ރަށްރަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް