ރޯގާ ފެތުރޭތީ މާދަމައިން ފެށިގެން މިސްކިތްތަކުގައި ގުނޫތު ކިޔަން އަންގައިފި

ރާއްޖޭގައި ހަލުވި ކަމާއެކު ހުމާއި ރޯގާ ފެތުރެމުން އަންނައިރު އެޗް1އެން1 ވައިރަސްވެސް ފެތުރެމުންދާތީ މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަ...

14 Mar 2017 | 18:28

ރާއްޖޭގައި ހަލުވި ކަމާއެކު ހުމާއި ރޯގާ ފެތުރެމުން އަންނައިރު އެޗް1އެން1 ވައިރަސްވެސް ފެތުރެމުންދާތީ މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މާދަމާގެ މަޢުރިބު ނަމާދުން ފެށިގެން ކޮންމެ ޖަހުރިއްޔާ ނަމާދެއްގައި (އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި) ފަހު ރަކުއަތުގެ އިޢުތިދާޅުގައި ގުނޫތު ކިޔުމަށް ހުރިހާ މިސްކިތަކަށް އަންގާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ގުނޫތު ކިޔުން ކުރިއަށްގެންދަން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް