އޭސީސީ އަށް ހާޒިރު ކުރީ ގުޅުން ނެތް މައްސަލައެއްގައި މައުލޫމާތެއް ސާފުކުރަން: ފާރިޝް

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރީ އޭނާ އާއި ދެކޮޅަށް ހުށައެޅިފައިވާ މައްސަލަ އަކާއި ގުޅިގެން ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއ...

14 Mar 2017 | 09:18

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރީ އޭނާ އާއި ދެކޮޅަށް ހުށައެޅިފައިވާ މައްސަލަ އަކާއި ގުޅިގެން ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު އޭސީސީއަށް ހާޒިރުވުމަށް ފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ ހާޒިރު ކުރީ އޭނާ އާއި ގުޅުން ނެތް މައްސަލައެއްގައި މައުލޫމާތެއް ސާފުކުރަން ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަފްސީލް ދެއްވަން ފާރިސް ވަނީ ދެކޮޅު ހައްދަވާފައި އެވެ.

ފާރިސް ވިދާޅުވީ އޭނާ އާއި ގުޅޭ މައްސަލައެއް އެއްވެސް އިދާރާއަަކަށް ހުށައެޅިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން ފާރިޝް މައުމޫނު މިއަދު ވިދާޅުވީ އޭސީސީއަށް ހާޒިރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ވާނެ ކަމުގެ އަލާމާތެއް ކަމަށާއި އަދި އެކަމާ ގުޅިގެން އަންނަ ފިއްތުންތަކާ ގުޅިގެން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް މައުމޫނު އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު  ހުށަހެޅުމުގައި އިސްކޮށް އުޅުއްވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި އެއީ ސިޔާސީ ގޮތުން ކުރާ ދުއްތުރާލެއް ކަމަށް ފާރިޝް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފާރިސް މައުމޫން މިއަދު އޭސީސީއަށް ހާޒިރުކޮށްފައި ވާއިރު، އޭނާއަށް ހިއްވަރު ދެއްވައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ތައުރީފުގެ މެސެޖްތައް ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް