އައިޖީއެމްއެޗު ކްލިނިކަށް ބާރު ބޮޑުވެގެން، އިތުރު ފްލޫ ކްލިނިކްތަކެއް ހުޅުވަނީ

މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި ހުމާއި ގުޅިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަންދާތީ އައިޖީއެމްއެޗުގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރު ދޭން ފަށާ އިތުރު ތަންތަނުގައި ކްލިނިކްތައް ހ...

14 Mar 2017 | 08:58

މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި ހުމާއި ގުޅިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަންދާތީ އައިޖީއެމްއެޗުގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރު ދޭން ފަށާ އިތުރު ތަންތަނުގައި ކްލިނިކްތައް ހުޅުވަން ފަށައިފި އެވެ.

މީގެ ކުރިން އެ ކްލިނިިކްގެ ހިދުމަތް ދިނީ ހެނދުނު އަށަކުން ރޭގަނޑު 12:00 އަށެވެ. އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން 24 ގަޑިއިރު އެ ކްލިނިކްގައި ޖާގަ އޮތްވަރަކަށް ހިދުމަތް ދެމުންދާނެ ކަމަށާއި އެޗް1އެން1 ފެތުރެމުންދާތީ އިތުރަށް ކްލިކް ބާރު ބޮޑުވެފައިވާކަމަށެވެ.

އެގޮތުން މިއަދު ދޭއް ޖަހާއިރު ތާޖުއްދީން ސްކޫލްގައި ފްލޫ ކްލިނިކްއެއް ހުޅުވައި ހިދުމަތްދޭން ފަށާނެ އެވެ. އަދިވެސް އިތުރު ތިން ތަނެއްގައި ކްލިކް ގާއިމް ކުރާނެ އެވެ.

ރޭ އެޗްޕީއޭއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޑރ އަލީ ނިޔާފު ވިދާޅުވީ އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް އެއްފަހަރާ ގިނަ ބަޔަކު ދިއުމުން ބާރު ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޯމާ ރޯގާ ފެތުރެމުން ދަނިކޮށް ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ. މިއަހަރުގެ މިހާތަނަށް 51 މީހަކު އެ ވައިރަހަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް