ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނީގެ ހަބަރު ވެއްޖެ

ގެއްލިގެން ހޯދަމުންދިޔަ "އޮއިވަރު" ކިޔާ ކަންނެލި ދޯނީގެ ހަބަރެއް ވެއްޖެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އާޒިމް ވިދާޅުވީ، އެ ދޯންޏާ ގުޅިފައިވަނީ މިއަދު ހެންދުނު 8:07 ހާއިރު ކަމަށެވެ. އޭ...

14 Mar 2017 | 06:01

ގެއްލިގެން ހޯދަމުންދިޔަ "އޮއިވަރު" ކިޔާ ކަންނެލި ދޯނީގެ ހަބަރެއް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އާޒިމް ވިދާޅުވީ، އެ ދޯންޏާ ގުޅިފައިވަނީ މިއަދު ހެންދުނު 8:07 ހާއިރު ކަމަށެވެ. އޭރު ދޯނި އޮތީ އއ. ތޮއްޑޫއާ 12 މޭލެ ބޭރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ މަރަދޫގެ މި ކަންނެލި ދޯނީގައި ތިބި 13 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިއަދު ހަވީރު އެ ދޯނި މާލެއަށް ވަދެވޭނެ ކަމަށް އެ ދޯނިން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދޯނީގެ ހަބަރެއް ނުވެގެން ހޯދަން ފެށީ މިމަހު ހަވަނަ ދުވަހު ކަމަށްވެ އެވެ. އެކަމަކު ވެރިފަރާތުން އެމްއެންޑިއެފަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް