ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 20ރ. ބަހަން ނިންމައިފި އެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުން މިދޔަ އަހަރު ލިބުނު އާމްދަނީއިން 107.6 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އިން ބުނީ މި އަހަރު ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ބޭންކުން ބުންޏެވެ.
މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރީ އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ބީއެމްއެލްއަށް ލިބުނު އަހަރެވެ. އެގޮތުން މިދިޔަ އަހަރު އެ ބޭންކަށް ފައިދާގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
ބީއެމްއެލްއިން ވަނީ ރައްޔިތުންނައި ގާތުން ހިދުމަތް ދިނުމަށް "އަހަރެންގެ ބޭންކު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭންގެ ދަށުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިއަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 އާ ވަޒީފާ އުފެއްދުމަށް އެ ބޭންކުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް