މިހާރު ފެތުރެމުންއަންނަ އެޗް1އެން1 (ސްވައިން ފްލޫ) ގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކިޔެވުންވެސް މެދުކަނޑާލައިފި އެވެ.
މިގޮތަށް ނިންމާފައިވާކަން ހާމަކޮށް އެމްއެންޔޫގެ ދަރިވަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މިޑް ސެމިސްޓަރ ބްރޭކް ނިމެންދެން ޔުނިވާސިޓީގެ ކިޔެވުން ބަންދު ކުރުމަށް ޔުނިވާސިޓީގެ ވެރިންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާކަމަށެވެ.
އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އެ ޔުނިވާސިޓީގެ ކިޔެވުން ބަންދުކޮށްފައިވާއިރު ދެން ކިޔެވުން ފަށާނީ ރޯގާގެ ކަންކަން ހައްލަކަށް އެޅުމުން ކަމަށެވެ.
ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކޮށްފައިވާއިރު ސްކޫލުތަކުގެ ކިޔެވުންވެސް މިއަދުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށެވެ. އަދި މިޑް ޓާމް ބަންދަށްފަހުގައިވެސް ކިޔެވުން ފަށާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް