އިންޑިއާގެ ބައެއްކަމަށްވާ ނިކޮބާ އައިލެންޑްސްއަށް 5.9 މެގްނެޓިއުޑްގެ ބާރު މިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 2101 ކިލޯމީޓަރު ދުރަށެވެ. މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށާއި އޭގެ ސަބަބުން ގެއްލުމެއް ނެތް ކަމަށެވެ.
ބިން ހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން ހެނދުނު 7:51 ގައި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވާ ނިކޮބާ އައިލެންޑްސްގެ ސަރަހައްދަކީ އިންޑޮނޭޝިއާގެ ބަންޑާ އަސޭ އާއި 339 ކިލޯ މީޓަރު ދުރުގައި އޮންނަ ސަރަހައްދެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް