ރިސޯޓުތަކުން 99 މީހުންނާއި އެކު މިއަދު 5،485 މީހުންނަށް ވެކްސިން ދީފި

ރާއްޖެއިން އިތުރު 5،485 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލޭގައި 4،257 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 1،1...

14 Feb 2021 | 17:47

ރާއްޖެއިން އިތުރު 5،485 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަދު މާލޭގައި 4،257 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 1،129 މީހަކަށް ވެކްސިން ދީފައިވާއިރު ރިސޯޓުތަކުގައި 99 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

ރިސޯޓުތަކުގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިއަދު އެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 38،591 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 31،322 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 7،170 މީހުންނަށެވެ.

މިއަދުގެ ނިޔަލަށް މާލޭގައި އަށް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 48 ސެންޓަރެއްގައި އެވެ.

ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް