މާލެއިން 81 މީހުންނާއި އެކު މިއަދު ކޯވިޑް ޖެހުނީ 112 މީހުންނަށް

ރާއްޖެއިން އިތުރު 112 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ޕޮސިޓީވްވެފައިވަނީ 81 މީހެކެވެ. ރިސޯޓުތަކުން 14 މީހުން ޕޮސިޓިވްވެފައިވާއިރު ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަ...

14 Feb 2021 | 17:33

ރާއްޖެއިން އިތުރު 112 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ޕޮސިޓީވްވެފައިވަނީ 81 މީހެކެވެ. ރިސޯޓުތަކުން 14 މީހުން ޕޮސިޓިވްވެފައިވާއިރު ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން 11 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހުންނާއި ރިސޯޓު ތަރައްގީ ކުރާ ރަށަކުން އެކަކެވެ.

މިއަދު ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 3،497 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،315 މީހުންނަށެވެ. އޭގެ ތެރެއިން 193 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 15،448 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 58 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ 17،828 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް