މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތްކުރަމުންދާ ސަރަހައްދުގައި ހިމެނޭ ބައެއް ގޭގެއަށް މިރޭ ތިން ގަޑިއިރަށް ފެން ކެނޑޭނެ ކަމުގައި އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
މި ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭހާލު، އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ޝަހީދުއަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިރޭ 11:00 އިން މެންދަމު 2:00 އަށް ތިރީގައިވާ ސަރަހައްދުތަކުގައި ހިމެނޭ ގޭބިސީތަކުން، ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނާކަމަށެވެ.
އެ ސަރަހައްދުތަކަކީ
- ފްލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބިސީތަކެއް
- ހަވީރީ ހިނގުމާއި ފްލޫނިޔާ މަގާއި ދެމެދުގެ، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބިސީތަކެއް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް