ރަނގަޅު ބައިވެރިޔާ ނޫންކަން ހާމަވާ ސަބަބުތައް ކޮންމެހެންވެސް އެނގެންޖެހޭ

ތިބާގެ ބައިވެރިޔާއަކީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާ ނޫންކަން ހާމަވާ ސަބަބުތައް ކޮންމެ މީހަކަށްވެސް އެނގެން ޖެހެއެވެ. އެގޮތުން އެ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ. އިހްތިރާމް ނުކުރުން ތިބާގެ ބައިވެ...

14 Feb 2021 | 15:30

ތިބާގެ ބައިވެރިޔާއަކީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާ ނޫންކަން ހާމަވާ ސަބަބުތައް ކޮންމެ މީހަކަށްވެސް އެނގެން ޖެހެއެވެ.

އެގޮތުން އެ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.

އިހްތިރާމް ނުކުރުން

ތިބާގެ ބައިވެރިޔާ ތިބާއަށް އެއްގޮތަކަށްވެސް އިހުތިރާމް ނުކުރުމަކީ ގޯހެކެވެ. ތިބާއަކީ އެއްވެސް މީހެއް ނޫން ކަމުގައި ދެކުމާއި އަދި ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކުރިމަތީގައި ތިބާގެ ގަދަރު ކުޑަވާ ކަހަލަ ވާހަކަދައްކާ އަދި އަބަދު ޒުވާބުކުރާނަމަ އެއީ އެންމެ ރަނގަޅު ބައިވެރިޔާއެއް ނޫނެވެ.

އަޅާނުލުން

ބައިވެރިޔާގެ ކޮންމެ ކަމެއްވެސް ބިނާވެފައި އޮންނަނީ ހަމައެކަނި އޭނާގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމަށްތޯ ބަލާށެވެ. ތިބާގެ އުފާތަކަށާއި ތިބާ ބޭނުންވާ ކަންތައްތަކަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދޭނަމަ އެއީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާއެއް ނޫނެވެ.

މާ ބޮޑަށް ޚިޔާލު ތަފާތުވުން

އެންމެންނަކީ ޚިޔާލު އެއްގޮތް މީހުންނެއް ނޫނެވެ. ތަފާތު މީހުންގެ ހުންނާނީ ތަފާތު ޚިޔާލެވެ. އެހެން ނަމަވެސް ބައިވެރިޔާގެ ޚިޔާލާ ތިބާގެ ހިޔާލާ މުޅިން ތަފާތު ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މިސާލަކަށް އެކަކު މާލޭގައި އުޅެން ބޭނުންވުމާއި އަދި ދަރިޔަކު ބޭނުން ނުވުން ނުވަތަ އަނެކަކު ރަށުގައި އުޅެން ބޭނުންވުމާއި ބައިވަރު ދަރީން ބޭނުންވުން ފަދަ ކަންކަމީ ވަރަށް ބޮޑު ޚިޔާލު ތަފާތުވުންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް