ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރު ކުރީ ރޭ މާލޭގައި ހިންގި މަސްތުވާތެކީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ އާއި އެކު އިތުރު ތިން މީހަކު ހައްޔަރުކުރި އެވެ.
އެމީހުން ހައްޔަރު ކުރި އޮޕަރޭޝަންގައި ފުލުހުން ވަނީ 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޕެސްޓް މަޝްހޫރުވެފައިވަނީ "ރެޕް ކިންގް" ގެ ގޮތުގައި އެވެ.
އޭނާ އާންމުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ 2011 ވަނަ އަހަރު އޭނާ ކިޔާފައިވާ "ރީތި ކުދިން" ލަވަޔާ އެކުގަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް