ނ. މާފަރުގައި ސޮނޭވާ ފަންޑާއި ވެލާ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހިންގާ ކޯވިޑް ޕީސީއާރު ޓެސްޓު ހަދާ ލެބުން ދިވެހިންނަށް ހިލޭ ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ސޮނޭވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެބް އިތުރަށް ތަރައްގީ ކުރުމަށްފަހު މިހާރު އަލުން ހުޅުވާފައިވާ ކަމަށެވެ. މިހާރު އެތަނުން ޓެސްޓު ހަދައިދިނުމުގެ އިތުރުން ރިސޯޓުތަކުގެ މެޑިކަލް ފެސިލިޓީތަކުގައި މަސައްކަތްކުރާ ނަރުހުންނަށް ހާއްސަކޮށްގެން ކޯވިޑް ސާމްޕަލް ނެގުމާ ގުޅޭ ތަމްރީނު ފޯރުކޮށްދޭނެ ކަމަށެވެ.
އެ ބަޔާނުގައި ބުނީ މިހާޜު ކޮންމެ ދުވަހު ދިވެހިންނަށް ހާއްސަކޮށްގެން 100 ޕީސީއާރު ޓެސްޓު ހިލޭ ހަދައިދޭނެ ކަމަށެވެ. އަދި ބިދޭސީންނަށް ކުރިން ޓެސްޓު ހަދައިދޭ އަގުކަމަށްވާ 55 ޑޮލަރުގެ ބަދަލުގއި މިހާރު އެ ލެބުން ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
މިހާރު ބިދޭސީންނަށް ކޯވިޑް-19 ޓެސްޓެއް ހަދައިދެނީ 40 ޑޮލަރަށެވެ.
ސޮނޭވާ އިން ބުނީ މާފަރު ލެބު ހުޅުވައިގެން ހިދުމަތް ދޭން ފެށިިއިރު އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިންނަށްވެސް ހިދުމަތް ދިނުން ކަމަށެވެ. އެގޮތުން ބ އަތޮޅާޢި ރ އަދި ޅ އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން ރަށްރަށަށްވެސް އެތަނުން ޕީސީއާރި ޓެސްޓު ހަދައިދީފައިވާ ކަމަށް ބުންޏެވެ.
މި ލެބުން ލިބޭ ފައިދާ ބަހާނީ ސޮނޭވާ ފައުންްޑޭޝަނާއި ވެލާ ރިސޯޓާ ދެމެދު ކަމަށް ސޮނޭވާ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް