އދ. ހަންޏާމީދޫގައިި ހުރި ފަތުރުވެރިއަކު ކޮވިޑްް 19 އަށް ފައްސި ވެެއްޖެއެވެ.
މި ފަތުރުވެރިޔާގެ ޑައިރެކްޓް ކޮންޓެކްޓް ގެ ގޮތުގައި 9 ފަރާތެއް ވަނީ ކަރަންޓީނު ކޮށްފައިވެއެވެ.
ހަންޏާމީދޫ ސިއްޙީ މަރުކަޒުން ވިދާޅުވެފައި ވަނީ، ފަތުރުވެރިޔާ ފައްސި ވި ކަން އެނގިފައިވަނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށެވެ.
ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް 'ދުވަސް' އަށް ވިދާޅުވީ، ފަތުރުވެރިއަކު ފައްސި ވެފައިވާކަމަށް ހެލްތް ސެންޓަރުން ފޯނުން ގުޅުއްވާ ދެންނެވި ކަމަށެެވެ. އަފި މިހާރު އެކަން އިތުރަށް ބަލަމުން ދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދާއިރު، އިއްޔެ ކޯވިޑް-19 އަށް 209 މީހުން ފައްސިވެފައި ވެއެވެ.
އިއްޔެ ޕޮސިޓިވްވެފައިވަނީ މާލެއިން 101 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން 15 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ހަ މީހުންނާއި އިންޑަސްޓްރިއަލް ރަށަކުން 73 މީހުންގެ އިތުރުން ސަފާރީތަކުން 14 މީހުންނެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،360 މީހުންނަށެވެ. އޭގެ ތެރެއިން 190 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 15،291 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
މި ބަލީގައި މިހާތަނަށް 58 މީހުން ވަނީ މަރުވެފައި އެވެ. މި ބަލީގައި ރޭގައި އަދި މިއަދުވެސް މީހަކު މަރުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ 17،716 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް