ޝާހްރުކްހާން ގެ މެނޭޖާ ޕޫޖާ ހިއްސާކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ދިޔާއަށް ތަހުނިޔާ ކިޔާފައިވެއެވެ. އަދި ވަރަށް އަވަހަށް ދިޔާ އާއި ޕޫޖާގެ އާއިލާ މީހެއް ކަމުގައިވާ ވައިބަވް (ދިޔާގެ ލޯބިވެރިޔާ) އިންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު ލިޔެފައިވެއެވެ.
އަދި ދިޔާގެ އިންސްޓަގްރާމްގެ އޮފިޝަލް އެކައުންޓަށް މި ފޮޓޯ ޓެގް ކޮށްފައިވެސް ވެއެވެ.
ބޮލީވުޑްގެ އެތަށް ފިލްމެއްގައި ދިޔާގެ ހުނަރުވެރިކަން ދައްކާލާފައިވާ މި ތަރި ކައިވެނީގެ ގޮށް ޖަހާލަން މިއުޅެނީ މުމްބާއީގެ މަޝްހޫރު ވިޔަފާރިވެރިއަކާ ކަމުގައިވެއެވެ. އަދި ފެބްރުއަރީ 15 ވަނަ ދުވަހަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
އެގޮތުން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެހާ ގޮތް ބޮޑު ނޫން ގޮތަކަށް ކަމުގައިވެސް ރިޕޯޓް ތަކުން ބުނެފައިވާއިރު ގެސްޓް ލިސްޓްގައި ހިމެނެނީ އެންމެ 50 މީހުންގެ ނަން ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް