އަލީ ވަހީދު ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޕީޖީ އޮފީހުގެ މީޑިއ...

14 Feb 2021 | 09:07

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިއަދު ކަމަށެވެ. އޭނާ ވިދާޅުވީ އަލީ ވަހީދު އަނބުރާ ނުގެނެވުނަސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަމަލު ކުރުމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަންކަން އެ އޮފީހުން ފުރިހަމަ ކުރާނެ ކަމަށެވެ.

އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ވަނީ ޖިންސީ ގޯނާއި ގުޅުން ހުރި ހަތް މައްސަލައެއްގައި ދައުވާ އުފުލާފައި އެވެ. އަދި އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ދައުލަތުން އެދިގެން އޮތީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ.

އެކަމަކު މައިބަދައިގެ މައްސަލައެއް ދިމާވެ ރާއްޖެއިން ކުރެވެން ފަރުވާއެއް ހޯއްދެވުމަށް ބޭރަށް ވަޑައިގެންނެވުމަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ޕާސްޕޯޓު ދޫކޮށްދިނުމުގެ އަމުރަކަށް ޑރ. މުޒުނީގެ ލިޔުމަކާއި އެކު ހުށަހަޅާފައި އެވެ. އެ ލިޔުން އިތުރަށް ކޯޓުގައި މާނަކޮށްދީފައިވަނީ އައިޖީއެމްއެޗުގެ ޑރ. ޔޫސުފް ޝާން އެވެ.

އެކަމަކު ދައުލަތުން އެދުނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ކުރެވެން ނެތް ފަރުވާ އެއް އޮތްނަމަ ބޭރަށް ދިޔުމަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްދިނުމަށެވެ. އެކަމަކު އަލީ ވަހީދު ވަނީ ބޭނުންވަނީ ޕާސްޕޯޓުކަމަށް ޝަރީއަތުގައި ވިދާޅުވެފައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އަދި އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އަލީ ވަހީދު އެދިވަޑައިގެންގޮތަށް ޕާސްޕޯޓު ދޫކޮށްދިނުމަށެވެ އެގޮތަށް ނިންމީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާގޮތަށެވެ.

މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝަރުއީ ދާއިރާ އަށާއި ސަރުކާރަށް އަމާޒުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް