ތިންވަނަ މަރުޙަލާ ނުނިމިގެން ޑަބްލިއު.އެޗް.އޯ އިން ހުއްދަނުދީ ހުރި ވެކްސިނެއް ރާއްޖެގެނެސް، އެ ވެކްސިން ރާއްޖޭގެ ރައްޔިތުންގަޔަށް ޖަހަމުންދާގޮތާމެދު ވާހަކަދައްކާ ވެބްސައިޓް ހުއްޓުވޭ ކަމަށާއި، އެހެން ނަމަވެސް އިސްލާމްދީނާއި ދެކޮޅަށް ނަސާރާދީންފަތުރައި، ބަރަހަނާ މަންޒަރު ފަތުރާ ވެބްސައިޓް ތައް ނުހުޓުވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރުގެ ނައިބު އަހުމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.
ސިއްދީޤް މިހެން ވިދާޅުވެފައި މިވަނީ، ވެކްސިން ޖެހުމާއި ދެކޮޅު މައުލޫމާތު ފަތުރަމުންދިޔަ ދިވެހި ވެބްސައިޓެއް ބްލޮކް ކޮށްފައި ވަނިކޮށެވެ.
https://twitter.com/AhmedSiddeeq/status/1360867813653508100
އެ ވެބްސައިޓުގެ މައްސަލަ ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ސަމާލު ކަމަށް ގެނައީ މީޑިއާ ކައުންސިލް (އެމްއެމްސީ) އިންނެވެ. އެ މައްސަލަ އެމްއެމްސީން އެ އިދާރާތަކުގެ ސަމާލުކަމަށް ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
“ދުވަސް” އަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ނައިބު ރައީސް ހުސައިން ސަގީފް ވިދާޅުވީ އެ ވެބްސައިޓުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އިއްޔެވެސް އެކަން އެ ކައުންސިލުން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް ސައިޓު ބްލޮކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ސަގީފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް