ގެއްލިގެން ހޯދާ ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އަންގަވާ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދެއްވާ މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއް...

14 Feb 2021 | 08:15

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދެއްވާ މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދެއްވުމަށް އެމްއެންޑީއެފް އިން އެދެފިއެވެ،

ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން މޫދަށް ދިޔަ ފަތުރުވެރިޔަކު ޚަބަރެއް ނުވުމާއި ގުޅިގެން މީނާ ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި އެ ރިސޯޓާއި ގުޅިގެން ދަނީ ކުރަމުންނެވެ.

މިގޮތުން މިއަދު މިހާތަނަށް އެމްއެންޑީއެފް ޑޯނިއަރ ފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެމަގުން ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ. އަދި މީގެ އިތުރުން ކަނޑުމަގުންވެސް މީނާ ހޯދުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ކޯސްޓްގާޑުން މަޢުލޫމާތު ލިބިފައިވާގޮތުގައި، މީނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް