މިއަދު ދުނިޔޭގެ ބައެއް ހިސާބުތަކުގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރުގައި ވަރުގަދަ ހަދިޔާއެއް ފިރިމީހާއަށް އޭނާގެ އަންހެނުން ދީފިއެވެ.
އެގޮތުން ގްލޮރިއާ ނަމަކަށް ކިޔާ މި އަންހެންމީހާ ވެލަންޓައިންސްޑޭ ހަދިޔާއެއްގެ ގޮތުގައި އޭނާގެ ފިރިމީހާއަށް ދީފައިވާ ހަދިޔާ އެނގޭ ހެއްޔެވެ.
ގްލޯރިއާ ވަނީ އޭނާގެ ޓިކްޓޮކްގައި ވީޑިއޯ އާންމުކުރުމަށްފަހު އެއީ ފިރިމީހާއަށްވީ ހަދިޔާ ކަމުގައި ބުނެފައެވެ. އެގޮތުން މިހާރު 4 މިލިއަނަށްވުރެން ގިނަ މީހުން ބަލާފައިވަ މި ވީޑިއޯގައި ފެނިގެންދަނީ ގްލޯރިއާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ލައިކް ދީފައިވާ ނިވާކަންކުޑަ އަންހެނުންގެ ފޮޓޯތަކެކެވެ.
ފޮޓޯތައް ޕްރިންޓްކޮށް އަދި ދަނޑިކޮލުތަކެއްގައި އެ ހަރުކޮށް ރީތިގޮތަކަށް ފޮޓޯތައް އަތުރާލާ މަންޒަރު ފެނިގެންދެއެވެ.
ގިނަ ބަޔަކު ގްލޯރިއާގެ މި މަސައްކަތަށް ތަޢުރީފުކުރަމުންދާއިރުގައި އެއް ބަޔަކު ސިންގަލްކޮށް ތިބެވޭތީ އުފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް