ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ފާތިމަތު ޒަޔާން) ގެ ޅަ އުމުރުގެ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި މީގެ ދެ ދުވަސް ކުރީން ހިއްސާކޮށްފައިވެއެވެ.
ހިއްސާ ކޮށްފައިވާ ފޮޓޯތަކުގެ ކެޕްޝަންގައި ކައި ބުނެފައިވަނީ ކުރީގެ ފޮޓޯތައް ފެނުމުން ހަނދާނަށް އަންނަނީ އެންމެ ކުޑަކުޑައިރުން ފެށިގެންވެސް ރީތިކޮށް ހެދުންއެޅުމަށާއި އަދި ފޮޓޯ ނެގުމަށް ލޯބިކުރާ ހަނދާންކަމަށެވެ.
އަދި މަންމަގެ އަމިއްލަ އަތުން ކައިއަށް ހެދުން ފަހައިދޭ ކަމަށާއި އޭގެ އިތުރުންވެސް މަންމަ އާއި ބައްޕަގެ ލޯބި އަބަދުވެސް ލިބުން ކަމަށާއި އަދި އެއްވެސް ވަރަކަށް ކައި ބާކީ ނުކުރާ ކަމަށްވެސް ލިޔެފައިވެއެވެ.
ކުރިން ކައިވެނިކޮށް އެހެން ނަމަވެސް މިހާރު ކައިވެނި ރޫޅިފައިވާ ކައިގެ ތަފާތު ފޮޓޯތަކަށާއި އަދި ކައިގެ ހެދުން އެޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން މިހާތަނަށް ލިބިފައިވީ ނަމަވެސް ކައިއަކީ އަބަދުވެސް އޭނާ ލޯބިކުރާ ކަންތަކުގައި ފައިތިލަ ސާބިތުކޮށްގެން ހުރި އަޒުމު ވަރުގަދަ ޒުވާނެކެވެ.
އެގޮތުން ކައި އަކީ ރާއްޖޭގެ މޮޑެލް އިންޑަސްޓްރީގައި ކުރިއަށް ދެވޭނޭ މަގު ފަހިވެފައި ނެތް އިރުވެސް އެ މަގު އަމިއްލައަށް ކޮށައި މުޅި ރާއްޖެއަށް ނަމޫނާ ދެއްކި ކުޅަދާނަ ޝަހުސިއްޔަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް