ސްކޫލްގެ ނަން ހާމަ ނުކުރޭ، ސްކޫލްތަކުން ބަލި ފެތުރިފައެއް ނުވޭ!

ކޯވިޑް-19 އަށް ޕޮސިޓިވްވާ ސްކޫލް އުމުރުފުރާގެ ކުދިންނާއި ޓީޗަރުން ނިސްބަތްވާ ސްކޫލްތަކުގެ ނަން ހާމަ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑި...

14 Feb 2021 | 06:29

ކޯވިޑް-19 އަށް ޕޮސިޓިވްވާ ސްކޫލް އުމުރުފުރާގެ ކުދިންނާއި ޓީޗަރުން ނިސްބަތްވާ ސްކޫލްތަކުގެ ނަން ހާމަ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ސްކޫލްތައް ހުޅުވިގެން މިހާތަނަށް އައި އިރު ރާއްޖޭގެ އެއްވެސް ސްކޫލެއްގެ ތެރެއިން ބަލި ޖެހިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ދަރިވަރުުންގެ މެދުގައިވެސް މިހާތަނަށް ބަލި ފެތުރިފައި ނުވާ ކަމަށެވެ.

އާތިޔާ ވިދާޅުވީ މާލޭގެ ސްކޫލްތަކުގެ ގްރޭޑް ހަޔަކުށް ދަށުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމީ މާލޭގެ ބަލީގެ ހާލަތަށް ރިއާޔަތް ކޮށް އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. އެކަމަކު ސުކޫލުތަކަކީ ރައްކާތެރި މާހައުލެއްކަން ބެލެނިވެރިންނަށް ޔަގީން ކޮށްދޭ ކަމަށް ވިދާޅުވި އެވެ.

އާތިޔާ ވިދާޅުވީ މިދިޔަ ދިހަ ދުވަސްތެރޭ މާލެ ސަރަހައްދުގެ ހުރިހާ ސުކޫލަކަށް އެޑިއުކޭޝަންގެ ޓީމުތައް ޒިޔާރަތްކޮށް އިންސްޕެކްޝަނެއް ހަދާފައިވާ ކަަމަށެވެ. ސްކޫލްތަކުގައި އެޗްޕީއޭއިން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރަމުންދާ ކަން އެ އިންސްޕެކްޝަންތަކުގައި ޔަގީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބައެއް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވި ނަމަަވެސް އެއީ ސުކޫލް މާހައުލުން ނޫންކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކޭސްތައް ރިޕޯޓް ކުރާއިރު ސުކޫލުތެރެއިން ޕޮޒިޓިވްވާ ކޭސްތަކެއްގެ ގޮތުގައި ނުވަތަ ސްކޫލްތަކުގެ ނަން ހާމަ ނުކުރުމަށް އާތިޔާ އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ސްކޫލްތަކުގެ ނަން ހާމަ ކުރުމުން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ފަސް ޖެހޭ ކަމަށް ވިދާޅުވި އެވެ.

އާތިޔާ ވިދާޅުވީ ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެ ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިދިޔަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ސުކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

އެޗްއީއޯސީންވެސް ބުނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެންމެ ރަނގަޅަށް އަމަލު ކުރަނީ ތައުލީމީ ދާއިރާގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް