ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަތަރު ގަޑިއިރަށް ގެކޮޅަށް ބަދަލުކުރައްވަން ނިންމަވައިފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަަކުން ރިޕޯޓް ކޮށްފި އެވެ. ޔާމީން ގެކޮޅަށް ބަދަލުކުރަން ނިންމާފައި މި ވަނީ ފުލުހަށް ހާޒިރު ކުރުމަށް ފަހުގައެވެ.
ޔާމީން ގެކޮޅަށް ގެނދާ ސަބަބެއްވެސް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. މިކަމާއި ގުޅޭ ސައްހަ މައުލޫމާތު ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން މަނީ ލޯންޑަރިންގގެ ކުށުގައި ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ކުރީގެ ރައީސް ޔާމިން މިހާރު ހުންނެވީ މާފުށި ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް