ސްނޯކްލިން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ގެއްލިގެން ހޯދަނީ އިންޓަކޮންޓިނެންޓަލް ރިސޯޓުން ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއެކެވެ. މި މީހާ...

14 Feb 2021 | 04:50

ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ އިންޓަކޮންޓިނެންޓަލް ރިސޯޓުން ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއެކެވެ.

މި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން ކޯސްްޓްގާޑްގެ ޑައިވަރުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ރޭގެ ވަގުތެއްގައި މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުން އެކަނި ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:58 ހާއިރު" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ  މޫދު ހެދުމެއްކަމަށް ރިޕޯޓް ލިބިފައިވާކަމަށެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް