ޔޫއެސްޑަބުލިޔުއެޗްސީ: މުބާރާތުގެ ޗެމްޕިއަންކަން ގޯޅި ސްޕޯޓްސް ކުލަބުން ހޯދައިފި

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދިޔަ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ޗެމްޕިއަންކަން ލ.ގަމު ތުނޑިއަށް ނިސްބަތްވާ ގޯޅި ސްޕޯޓްސް ކުލަބުން ހޯދައި...

14 Feb 2021 | 04:31

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދިޔަ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ޗެމްޕިއަންކަން ލ.ގަމު ތުނޑިއަށް ނިސްބަތްވާ ގޯޅި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މި މުބާރާތުގައި ފައިނަލް މެޗު ރޭ ކުޅުނުއިރު، ފައިނަލްގައި ބައްދަލުކުރީ ގޯޅި ސްޕޯޓްސް ކުލަބާއި ތުނޑީ ރިވޮލިއުޝަން ޔޫތް އެވެ. ވާދަވެރި ކުޅުމަކަށް ފަހު6-9 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށް ތަށި ނަގާފައިވަނީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. ގޯޅި ސްޕޯޓްސް ކުލަބު މި މުބާރާތުގެ ތަށި އުފުލާލީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގޯޅި ސްޕޯޓްސް ކުލަބުގެ ފާތިމަތު މަޒިއްޔާއެވ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކްއީން އޮފް ދި ޓޯނަމްންޓް) ގެ މަގާމުވެސް ލިބިފައިވަނީ މަޒިއްޔާ އަށެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:

ފާތިމަތު މަޒިއްޔާ (ގޯޅި ސްޕޯޓްސް ކުލަބް)

ފާތިމަތު ޝަރުމީލާ ( އެލްވައިއެމް)

އައިމިނަތް އިބާ އިބުރާހީމް ( ކާމް އެމްބީޑީ)

ފާތިމަތު ޖުނާ ( ޓީއާރުވައި)

މަރިޔަމް އަޒީފާ (ގޯޅި ސްޕޯޓްސް ކުލަބް)

ފާތިމަތް އަލްޔާ އަޙުމަދު ( ކާމް އެމްބީޑީ)

ހަފީޒާ އަލީ ( ގޯޅި ސްޕޯޓްސް ކުލަބް)

މުބާރާތުގެ ފެއަރޕްލޭ ޓީމް އަކީ ލ. މާމެންދޫ ޑަބްލިޔުޑީސީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އެލްވައިއެމްގެ ފާތިމަތު ޝަރުމީލާއަށެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 37 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް