މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ޒަޚަމްވެއްޖެ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ޒަޚަމްވެފައި ވާ ކަމަށް އެންއެންޑީއެފް އިން ބުނެފިއެވެ. ކުޅުދުއްފުށީ ބޮއެ ކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ނަމަކަށް ކިޔާ ދޯނީގައި ހުރި ދިވެއްސެއްގެ ލޮލ...

14 Feb 2021 | 03:55

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ޒަޚަމްވެފައި ވާ ކަމަށް އެންއެންޑީއެފް އިން ބުނެފިއެވެ.

ކުޅުދުއްފުށީ ބޮއެ ކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ނަމަކަށް ކިޔާ ދޯނީގައި ހުރި ދިވެއްސެއްގެ ލޮލަށް ބުޅި ހެރުމާ ގުޅިގެން އަވަސް ފަރުވާ ދިނުމަށްޓަކައި އެމްއެންޑީއެފްއިން ދަނީ އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުުމުގެ މަސައްކަތް ކުރަމުންނެވެ.

ބުޅި ހެރުމުގެ ސަބަބުން ޒަޚަމް ވެފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި މީހާ އަކީ އެ ދޯނީގެ ފަޅުވެރިއެކެވެ.

މި ހާދިސާގައި ޒަހަމްވި މީހާއަށް އެތީތެރިވުމުގެ ގޮތުން  އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ހަރަކާތްތެރި ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް