ވެލާނާ އިންޓަނޭޝަލަން އެއާޕޯޓަށް ޖައްސަން އުޅުނު މަންތާ ސީޕްލޭން އެއް ވެއްޓިއްޖެ

ވެލާނާ އިންޓަނޭޝަލަން އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައައި މަންތާ އެއަރގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ. ހަ ފަތުރުވެރިންނާއި ތިން ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ މި ސީޕްލޭން ގެ އެއްވެސް މީހަކަށ...

14 Feb 2021 | 03:47

ވެލާނާ އިންޓަނޭޝަލަން އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައައި މަންތާ އެއަރގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ.

ހަ ފަތުރުވެރިންނާއި ތިން ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ މި ސީޕްލޭން ގެ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސްއެކެއްގެ ކޮނޑުހުޅުން ނެއްޓިފައި ވާ ކަމަށާއި، އިތުރު މީހެއްގެ ކޮނޑަށް ތަދުވާތީ އުޅޭ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޑްގާޑުން ދަނީ އެތަނުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް ޓީމެއް ވަނީ އެއާޕޯޓަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ސީޕްލޭން މާލިފުށިން ފުރާފައި ވަނީ މިއަދު ހެނދުނު 07:30ގައި ކަމަށް މަންތާ އޭވިއޭޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން މިވަގުތު މާލެއަށް ޖައްސަން ހުރި ސީޕްލޭންތައް ވަނީ އެހެން ތަންތަނަށް ޑައިވާޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް