N/A
ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް މަޝްހޫރުކަން
ހޯދަމުންދާ ދިވެހިރާއްޖޭގެ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ އަފީފު ހުސައިންގެ
ވަރަށް ޚާއްސަ ސެޝަންއެއް އަންނަ ހޮނިހިރު ދުވަހު މާލޭގައި އޮންނާނެއެވެ.
މައިންޑްސެޓް މާސްޓަރީގެ ނަމުގައި ބާއްވާ މި ޚާއްސަ
ސެޝަން އޮންނާނީ 17 ޖަނަވަރީގައި ޝީބިލްޑިންގެ ބުރުޒު ހޯލްގައެވެ.
މި ޕްރޮގްރާމުން ތިމާ ގަބޫލުކުރާ
ގަބޫލުކުރުންތަކުގެ ސަބަބުން އުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ފޯކަސް ރަނގަޅުކުރުމާއި
އިހުސާސްތައް ދެނެގަނެ މެނޭޖްކުރުމުގެ ހުނަރު ނުވަތަ 'އިމޯޝަނަލް އިންޓެލިޖެންސް'
ވަރުގަދަކޮށް، އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި ސާބިތު އަދި ސާފު
ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދޭނެއެވެ.
ހަމައެއާއެކު، 'މައިންޑްސެޓް މާސްޓަރީ
ފްރޭމްވޯކް"އާއި ވަޒީފާގެ މާހައުލާއި އާއިލީ ގުޅުންތަކާއި ދިރިއުޅުމުގެ
އަމާޒުތައް ހާސިލްކުރުމުގައި ބޭނުންކުރިދާނެ އުކުޅުތައް މި ޕްރޮގްރާމުގެ
ބައިވެރިންނާ ހިއްސާކުރެވިގެންދާނެއެވެ.
1000 ރުފިޔާގެ ފީއެއް
ނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓެއް
ލިބޭނެއެވެ. އަދި އެ ދުވަހުގެ ހެނދުނުގެ ސަޔާއި މެންދުރު ކެއުން އަދި ކޮފީ/ސައި
ލިބޭނެއެވެ.
މި ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް
މި ލިންކުން ރަޖިސްޓަރީ ކުރެވޭނެއެވެ.
https://forms.gle/1MDQZP7Ypv2Aexq8A
އަފީފްގެ މި ސެޝަނަކީ ރެސޫމޯ މޯލްޑިވްސް އިން
އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސެޝަނެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް