ތިމާގެ ދުލުން ނުޙައްޤުން އަނެކާއަށް ކިޔާ ކޮންމެ އެއްޗަކަށް އަގު ދައްކަން ޖެހޭނެ ދުވަހެއް އޮތްކަން ދަންނާންޖެހޭނެ ކަމަށާއި މީހުންގެ ޙައްޤު އެމީހުން މާފު ނުކުރަނީސް، މާތް ﷲ މާފު ނުކުރައްވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ރޭގައި ކުރެއްވި ޓްވީޓެއްގައެވެ.
" ތިމާގެ ދުލުން ނުހައްގުން އަނެކާއަށް ކިޔާ ކޮންމެ އެއްޗަކަށް އަގު ދައްކަން ޖެހޭނެ ދުވަހެއް އޮތްކަން ދަންނާށެވެ.! މީހުންގެ ހައްގު މާތް ﷲ މާފެއް ނުކުރައްވާނެ އެމީހުން މައާފު ނުކުރަނީސް އެއް.! ޝައިޚްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޝައިޚް މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް އަދި އެހެނިހެން ގޮތްގޮތުންވެސް އަނެކާއާއި ދިމާއަށް ހިތައް އަރާހާ އެއްޗެއް ދުލުން ބޭރު ކޮށްލުމުގެ ނުބައި އާދައަށަގަނެފައި ވާތީއެވެ.
އެހެން މީހުންނާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ގޮވާލުމަކީ މިއަދު އަޅުގަނޑުމެންގެ އާދައަކަށް ވެފައިވާއިރު، މިފަދަ ނޭދެވޭ ކަންތަކުން އަޅުގަނޑުމެން ދުރުވާން ޖެހެއެވެ.
ޝައިޚް ވިދާޅުވި ފަދައިން މީހުންގެ ހައްގު މާތް ﷲ މާފެއް ނުކުރައްވާނެއެވެ. މީހުންގެ ޙައްގުތައް މައާފު ވާނީ އެމީހުން މައާފު ކުރީމައެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ނުރައްކާތެރި ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް