އިންޑިއާގައި މެސީ ދައްކާލަން ބޭއްވި އިވެންޓެއްގައި މެސީ ދައްކާލީ ނަމަކަށްކަމުގައިބުނެ ސްޓޭޑިއަމް ސުންނާފަތިކޮށްލައިފި !

އިންޑިއާގެ ކަލްކައްތާގައި ފުޓްބޯޅަ ކުޅުންތެރިޔާ ލަޔޮނަލް މެސީ ދައްކާލަން ބޭއްވި ހަރަކާތެއްގައި މެސީ ދައްކާލީ ނަމަކަށްކަމުގައިބުނެ ސަޕޯޓަރުން ރުޅިގަދަވެ ސްޓޭޑިއަމް ސުންނާފަތިކޮށްލައިފިއެވެ. މިކަން ހިނގ...

13 Dec 2025 | 13:48
މެސީ ގެންދިޔަ ސްޓޭޑިއަމް - އޭއެފްޕީ ފޮޓޯ: ދިބްޔާންޝޫ ޝަންކަރު

މެސީ ގެންދިޔަ ސްޓޭޑިއަމް - އޭއެފްޕީ ފޮޓޯ: ދިބްޔާންޝޫ ޝަންކަރު

އިންޑިއާގެ ކަލްކައްތާގައި ފުޓްބޯޅަ ކުޅުންތެރިޔާ

ލަޔޮނަލް މެސީ ދައްކާލަން ބޭއްވި ހަރަކާތެއްގައި މެސީ ދައްކާލީ ނަމަކަށްކަމުގައިބުނެ

ސަޕޯޓަރުން ރުޅިގަދަވެ ސްޓޭޑިއަމް ސުންނާފަތިކޮށްލައިފިއެވެ.

މިކަން ހިނގީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

ކޮލްކައްތާގެ ސޯލްޓް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން

ބަލަނީނަމަ އިއްޔެ ހަވީރު 05:00 ހާއިރު ފަށަން އޮތް އިވެންޓް ފެށުނީވެސް އިރު އޮއްސި

07:15 ހާއިރުގައެވެ. މެސީ އެ ސްޓޭޑއަމަށް ވަދެ ހައި ސެކިއުރިޓީއާއެކު ސަޕޯޓަރުންނަށް

ހަނާ އަޅާލައި ސްޓޭޑިއަމްގެ އެތެރޭގައި ވަށާ 15 ވަރަކަށް މިނެޓު ހިނގާލިއެވެ.

ސަޕޯޓަރުން ރުޅިގަދަވީ މަތީ ބަރިތަކުގައި ތިބި ފަރާތްތަކަށް

އެއްވެސް ވަރަކަށް މެސީ ނުފެނުމުންނާއި މެސީ ސަޕޯޓަރުންނާ ވާހަކަދައްކާލައި

ބައްދަލުކޮށްނުލުމުންނެވެ. އެފަދަ އެއްވެސް ހަރަކާތެއް ނެތުމުންނެވެ.

3،800 އާއި 4،500 ރުޕީސް އާއި ދެމެދުގެ އަގެއްގައި

ޓިކެޓު ވިއްކައިގެން އެތައް ހާސް ބަޔަކު އެ ސްޓޭޑިއަމަށް ވެއްދި އިރު ސަޕޯޓަރުން

އައި ރުޅީގައި ސްޓޭޑިއަމްގެ ގޮނޑިތައް ނައްޓާލައި ސްޓޭޑިއަމަށް ބޮޑެތި

ގެއްލުންތަކެއް ދީފައިވެއެވެ.

ފަހުން މައްސަލަ އިތުރަށް ބެލުމަށް އިންޑިއާގެ ފުލުހުން

ވަނީ އިވެންޓު އޮގަނައިޒްކުރި ފަރާތް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް