ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރާއްޖެ އައިސް، ކޮވިޑަށް ޕޮޒިޓިވް ވި ފަތުރުވެރިއަކާ ގުޅިގެން ބަލި ނުރައްކާވާ ހިސާބަކަށް ނުދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީ އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޒާން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރެވި އަންނަ ޓޫރިސްޓުންނަށްވެސް ވަރަށް ރަނގަޅަށް ޚިދުމަތް ދެވިފައިވާ ކަމަށެވެ.
" އުންމީދު ކުރިވަރަށްވުރެ ރަނގަޅަށް ބޯޑަރު ހުޅުވާލިފަހުން ޓޫރިޒަމްގެ ކަންކަން ކުރިއަށްދަނީ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިކަން އައިސްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ ވަރަށް މަދު އިންސައްތައެއް." ރައްޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ބޯޑަރު އައިސްފައިވާއިރު، އޭގެ ތެރެއިން އެންމެ 228 ފަތުރުވެރިޔަކު ޕޮޒިޓިވްވުމަކީ މިކަމުގެ ވަރަށްބޮޑު ހެއްކެއް ކަމަށެވެ.
" ޕޮޒިޓިވްވި ފަތުރުވެރިޔަކާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ކޯވިޑްގެ ނުރައްކާ މުޅި ރަށުގައި ނޫނީ ރިސޯޓެއްގައި އޮތުމުގެ ފުރުސަތު އޮތް އެއްވެސް ކޭސްއެއް ފެނިފައެއް ނުވޭ. މިކަން މިގޮތަށް ކުރެވިފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީއާއި އެކު." ރައްޒާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް