ރާއްޖޭގައި ތިބީ ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭން އައިސްތިބި މީހުން، އެވސް އިންސާނިއްޔަތަށް: ދޮންބިލެތް

ރާއްޖޭގައި އެއްވެސް ވަރަކަށް އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި ރާއްޖޭގައި ތިބީ އިންސާނިއްޔަތަށް މަސައްކަތް ކޮށްދޭން އައިސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހެލި ކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމުގައ...

13 Dec 2020 | 17:49

ރާއްޖޭގައި އެއްވެސް ވަރަކަށް އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި ރާއްޖޭގައި ތިބީ އިންސާނިއްޔަތަށް މަސައްކަތް ކޮށްދޭން އައިސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހެލި ކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅެނީ ވަކި މަޤްސަދެއްގައި ކަމަށެވެ.

" ރައްޔިތުން މިއަދު އެކަން ގަބޫލު ނުކުރާނެ. ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންނަކީ އިންސާނީ ޚިދުމަތެއް ކޮށްދެއްވަން ތިއްބެވި ބައެއް. އެއީ އަސްކަރީ ކަންކަން ހިންގުމަށް ރާއްޖޭގައި ތިބިބައެއް ނޫން." އަހްމަދު ހަލީމް ވިދާޅުވި އެވެ.

އެމީހުންގެ ހަމަ އެކަނި މަސައްކަތަކަށް އޮންނާނީ ހެލިކޮޕްޓަރުގައި ކުރަންޖެހޭ ދަތުރުތައް ރާއްޖޭގެ ސިފައިންގެ ބެލުމުގެ ދަށުން ކުރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް