ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 20 މީހުން ކަމަށް ހެލްތް އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 15 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރޭގެ ރަށަކުން ދެ މީހުންނާއި ރިސޯޓަކުން ދެ މީހުންނެވެ.
މިއަދު ޓެސްޓުކޮށްފައިވަނީ 2،035 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 607 މީހުންނަށެވެ. އޭގެ ތެރެއިން 67 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 12،076 މީހުން ވަނީ ބަލި ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 13،386 މީހުން ޕޮސިޓިވްވެފައވެ އެވެ. އޭޣެ ތެރެއިން 48 މީހުން ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1338170479773937670
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް