އިޓަލީގެ ވަރލްޑް ކަޕް ތަރި ޕައޮލޯ ރޮސީގެ ޖަނާޒާ ބާއްވައިފި

އިޓަލީގެ ވަރލްޑް ކަޕް ތަރި ޕައޮލޯ ރޮސީގެ ޖަނާޒާ ބާއްވައިފި އެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ވިޗެންޒާގައެވެ. ރޮސީގެ ޖަނާޒާގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެ، ދިޔައީ ހިތާމަ ފާޅުކުރަމުން ނެވެ. 1982...

13 Dec 2020 | 17:22

އިޓަލީގެ ވަރލްޑް ކަޕް ތަރި ޕައޮލޯ ރޮސީގެ ޖަނާޒާ ބާއްވައިފި އެވެ.

އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ވިޗެންޒާގައެވެ.

ރޮސީގެ ޖަނާޒާގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެ، ދިޔައީ ހިތާމަ ފާޅުކުރަމުން ނެވެ.

1982 ވަނަ އަހަރުގެ ވަރލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިން ތަރި ރޮސީ މަރުވެފައިވަނީ ޢުމުރުން 64 އަހަރުގައި މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ، އުޅުމަށް ފަހު، ރޮސީ މަރުވިނަމަވެސް އޭނާ މަރުވީ ސީދާ ކޮން ބައްޔެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ.

އިޓަލީގެ ގައުމީ ޓީމަށް 48 މެޗަށް ވުރެ ގިނައިން ކުޅެފައިވާ ރޮސީ ވަނީ ގައުމީ ޖަރޒީގައި 20 ގޯލު ޖަހައިދީފަ އެވެ.

އިޓަލިއަން ސެރިއާގެ 100 އަށް ވުރެ ގިނަ މެޗު ކުޅެފައިވާ ރޮސީ ވަނީ ޖުވެންޓަސް އާއި އޭސީ މިލާން ފަދަ ކްލަބުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާދީފަ އެވެ.

1982 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ރޮސީ ދެއްކި ހުނަރުވެރި ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ޔޫރަޕް ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ނުވަތަ ބެލަންޑިއޯ އެވޯޑުވެސް ލިބިފަ އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، ސްކައި ނިއުސް، މީޑިއާ ސެޓް އަދި ރާއި ފަދަ ޗެނެލްތަކުގައި ރޮސީ ވަނީ އެކްސްޕަރޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް