އުޑުމަތި ސާފުނަމަ، ގިނިހިލަ ވެހޭތަން ރާއްޖެއަށް މިރޭ ފެންނާނެކަމަށް ފަލަކީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާލުވެއްޖެ އެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާލުވެފައިވަނީ އެންމެ ގިނަ ގިނިހިލަ ފެންނާނީ މެންދަމުން އަލިވެ 2 ޖަހާ އެހާ ކަންހާ އިރު ކަމަށެވެ.
https://twitter.com/maumoonagayoom/status/1338015359236894721
ފަލަކީ ޢިލްމުވެރިންނާ ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ދުނިޔެއަށް މިރޭ ފެންނާނީ ޖެމިނިޑް މީޓިއޯރ ޝަވަރއެއް ކަމަށެވެ.
ޖެމިނިޑް މީޓިއޯރ ޝަވަރ އަކީ، ޖެމިނީ ނަމަކަށް ކިޔާ ކޮންސްޓެލޭޝަނުން ނުކުމެގެން އަންނަ ގިނިހިލަ ވެހުން ކަމަށް ފަލަކީ ޢިލްމުވެރިން ބުނެ އެވެ.
ރައީސް މައުމޫން ވިދާޅުވީ އުޑުމަތި ސާފު ނަމަ، މިރޭ ދަންވަރު ގަޑިއަކު ސަތޭކަ ފަންސާހަށް ވުރެ ގިނަ ކުލަކުލައިގެ ގިނިހިލަ، އެ ބުރުޖުގެ އެންމެ އަލި ގަދަ ދެތަރި ކަމަށްވާ ކެސްޓަރ އާއި ޕޮލަކްސްގެ ކައިރިން ނުކުމެގެން ވަރަށް ބާރަށް އުޑު ހުރަސްކޮށް ދަތުރު ކޮށްފައި ދާ ތަން ފެންނާނެ ކަމަށެވެ.
ގިނިހިލަ އަކީ، އެކިއެކި ދުންތަރިތަކުން ވަކިވެގެން ދަތުރު ކުރާ ކުދިކުދި ގަނޑުފެންކޮޅުތައް ޖައްވުގެ ތެރެއަށް ވަނުމުން އަނދައިގެންދާ އެތިކޮޅުތަކަށް ކިޔާ ނަމެކެވެ.
މިފަދަ ގޮތަކަށް މިހައިގިނަ ގިނިހިލަ މި ފެންނަނީ 60 އަހަރު ފަހުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް