ދިވެހި ޕްރިމިއަރ ލީގު: ފުރަތަމަ މެޗު މާޒިޔާ ކާމިޔާބު ކޮށްފި

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކާމިޔާބުކޮށްފި އެވެ. މާޒިޔާ އިން މި މެޗު ކާމިޔާބު ކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ އާ ބައްދަލުކޮށ...

13 Dec 2020 | 16:37

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކާމިޔާބުކޮށްފި އެވެ.

މާޒިޔާ އިން މި މެޗު ކާމިޔާބު ކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ އާ ބައްދަލުކޮށް 0-4 ލަނޑުން ނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 35 ވަނަ މިނެޓްގައި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތުގައި ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ. އަދި 40 ވަނަ މިނެޓުގައި އަމްދާން އަލީ (އެންޑީ)  ޖަހައިދިން ގޯލުން ފުރަތަމަ ހާފު މާޒިޔާ އިން ނިންމާލީ 2 ލަނޑުގެ ލީޑަކާ އެކުގަ އެވެ.

ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ، އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިން އިރު، އެޓީމުގެ 4 ވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އޭނާ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް އާއި ފުރަތަމަ ޑިވިޜަނުގައި އަލަށް ކުޅޭ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް