ބްލޫމްބާގް ބިއުރޯގެ ނޫސްވެރިޔަކު ޗައިނާއިން ހިފަހައްޓައިފި

ބްލޫމްބާގް ނިއުސްގެ ބީޖިން ބިއުރޯގައި މަސައްކަތްކުރާ ނޫސްވެރިޔާ، ހޭޒް ފޭން، ޗައިނާއިން ހިފަހައްޓައިފި އެވެ. ޗައިނާ އިން ބުނީ، އޭނާ ހިފަހައްޓަން ޖެހުނީ އަޑި ނޭނގޭ ހަރަކާތްތަކެއްގައި ޝާމިލްވާ ކަމަށް ހެކ...

13 Dec 2020 | 13:05

ބްލޫމްބާގް ނިއުސްގެ ބީޖިން ބިއުރޯގައި މަސައްކަތްކުރާ ނޫސްވެރިޔާ، ހޭޒް ފޭން، ޗައިނާއިން ހިފަހައްޓައިފި އެވެ.

ޗައިނާ އިން ބުނީ، އޭނާ ހިފަހައްޓަން ޖެހުނީ އަޑި ނޭނގޭ ހަރަކާތްތަކެއްގައި ޝާމިލްވާ ކަމަށް ހެކި ލިބިފައި ވާތީ ކަމަށެވެ. ހޭޒް ފޭން އަކީ ޗައިނާގެ ރައްޔިތެކެވެ.

ހޭޒް ފޭން އަށް ވެގެން އުޅޭ ގޮތް އޭނާ މަސައްކަތް ކުރާ އޮފީހަކަށް ވެސް ނޭނގެ އެވެ. އޭނާއާއެކު އެއް ޓީމެއްގައި މަސައްކަތްކުރާ، އެޑިޓަރަކު ބުނި ގޮތުަގައި ފާއިތުވި ހޯމަ ދުވަހަށް ފަހު ހޭޒް ފޭންއާ ނުގުޅެ އެވެ.

ހޭޒް ފޭން އުޅޭ އެޕާޓްމަންޓުން ނެރެގެން ގެންދަނިކޮށް ފެނިފައިވާ ކަމަށް ވަނީ ޚަބަރު ފެތުރިފަ އެވެ. އެއިރު އޭނާ ވަށާލައި ސެކިއުރިޓީ އޮފިސަރުން ތިބި ކަމަށް ވެއެވެ.

ބްލޫމްބާގުން ބުނީ އެ ކަމުގެ މައުލޫމާތު އެ މީހުންނަށް ވެސް ލިބިފައިނުވާ ކަމަށާއި ހޯދި ހޯދުމުން އެނގުނުހާ ވެސް އެއްޗަކީ ހޭޒް ފޭން ހިފަހައްޓާފައި ވަނީ ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެ ހަރަކާތެއްގައި ބައިވެރިވެ އުޅޭ ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

ބްލޫމްބާގުން ބުނީ އެ މީހުން ތިބީ ހޭޒް ފޭންއާއެކު ކަމަށާއި ބްލޫމްބާގުން ކުރެވެން ހުރި ހުރިހައި ކަމެއް އޭނާއަށް އަދި އޭނާގެ އާއިލާ އަށް ވެސް ކޮށްދޭނެ ކަމަށެވެ.

އޭނާ ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގައި ހުންނަ އެހެން ގައުމުތަކުގެ އޮފީހާއި މަރުކަޒުތަކުގައި ޗައިނާ މީހުންނަށް މަސައްކަތް ކުރެވެނީ އެހީތެރިންގެ ގޮތުގަ އެވެ. އަދި އެ ފަދަ އޮފީސްތަކުން ޗައިނާ މީހުންނަށް ވަޒީފާ ދެވެނީ ވެސް ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އޭޖެންސީއެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް