ގަލްފް އެއާއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ. އެ އެއާލައިންގެ ދަތުރުތައް އަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ފަށާފައި މިވަނީ ބޯޑަރު ބަންދު ކުރުމ...

13 Dec 2020 | 11:19

ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް އަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ފަށާފައި މިވަނީ ބޯޑަރު ބަންދު ކުރުމުން އެއާލައިންގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ބަހްރެއިން އާއި ދެމެދު އެވެ.

ގަލްފް އެއާއިން އަދި ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި އެއާލައިނުން ހަފްތާއަކު ކުރާނީ ދަތުރެކެވެ.

އެމްއޭސީއެލްއިން ބުނީ މި މުއްދަތުގެ ތެރެއިން މިމަހުގެ 22-29 އަށް ގަލްފް އެއާއިން ހަފްތާ އަކު ދެ ދަތުރު ކުރާނެ ކަމަށެވެ.

މި އެއާލައިނަކީ ޕީކް ސީޒަނާއި ދާމާކޮށް ރާއްޖެއަށް ޝެޑިއުލް ދަތުރު ކުރާ އެއާލައިނެކެވެ.

ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރު ކުރަމުންނެވެ.

އަލުން ބޯދަރު ހުޅުވި ފަހުން އެއް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. އަދި21 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް