މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފި

މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު މ. މުލީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައް...

13 Dec 2020 | 11:18

މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު މ. މުލީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައްޝައިޚް ޔޫސުފް ސިދުޤީއެވެ.

މުލި ކަލެކްޝަން ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެތެރޭގައި، ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިހާތަނަށް މީރާއިން ވަނީ 17 އަތޮޅެއްގައި 18 އޮފީސް ގާއިމުކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް