ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާއި ގާތް ވެއްޖެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއު އެއްކޮށް ނިމޭއިރު ކޮމަންޑޫ ބަނދަރުގެ 35،348.00 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރާނެ އެވެ. އަދި 14،731.00 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުން ކުރުމާއި، 190 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ހަ މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 1،991.20 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށެވެ.
މިއީ29.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު އެއް އަހަރު ތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް