ސްރީލަންކަން އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި ދެމެދު ދަތުރުތައް ފަށައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސް އިން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.
އެ އެއާލައިންސްއިން މިހާތަނަށް ކުރަމުން އައީ ދުވާލަކު ދަތުރެއް ސްރީލަންކާއިންނެވެ.
އެމްއޭސީއެލްއިން ބުނީ މިއަދުން ފެށިގެން އެއާލައިނުން ލަންޑާއި ވިއާއިއޭ އާ ދެމެދު ސީދާ ދަތުރުތައް ކުރަން ފަށާފައިވާ ކަމަށެވެ.
އަދި ކޮންމެ ހަފްތާއަކު ސްރީލަންކަން އިން ދެ ދަތުރު ކުރާނެ ކަމަށް ބުނެ އެވެ.
ސްރީލަންކައިން އިން އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފެށިއިރު ބޯޑަރު ހުޅުވި ފަހުން ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ ގައުމަކީ އެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް