މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް އިސްލާމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 ކަމަށެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ.
މާޗް މަހު މުދަލު ޒަކާތުގެ ނިޞާބަކީ 4676.70 ރުފިޔާ އެވެ. މި މަހު މުދަލު ޒަކާތުގެ ނިޞާބަށް ގެނައި މި ބަދަލާއި އެކު ނިޞާބަށް 2284 ރުފިޔާވަނީ އިތުރުވެފައި އެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ މިއަހަރުގެ މުދަލު ޒަކާތް ބަހަމުންނެވެ. ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ މީހުންންނަށް ފައިސާ ދޫކުރަމުން ދަނީ އެކައުންޓްތަކަށް ދަނީ ފައިސާ ކޮށްދީގެންނެފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި މިވަގުތު 11514 މީހުން ތިބިއިރު މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާއެވެ.
ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް