ކްލައިމެޓް އިމަޖެންސީ އިއުލާންކުރުމަށް އދ. އިން ގޮވާލައިފި

ޖަށްވަށް ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުން އަވަސްކުރުމަށްޓަކައި ކްލައިމެޓް އިމަޖެންސީ އިއުލާން ކުރެއްވުމަށް ގައުމުތަކުގެ ލީޑަރުންނަށް އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލ...

13 Dec 2020 | 08:56

ޖަށްވަށް ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުން އަވަސްކުރުމަށްޓަކައި ކްލައިމެޓް އިމަޖެންސީ އިއުލާން ކުރެއްވުމަށް ގައުމުތަކުގެ ލީޑަރުންނަށް އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފި އެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ކްލައިމެޓް އެމްބިޝަން ސަމިޓުގައި ގުޓަރޭސް ވަނީ، ކާރބަން ނިއުޓްރަލް ގައުމަކަށް ވެވެންދެން ހުރިހާ ގައުމަކުންވެސް މިވަގުތަށް މޫސުމީ ކުއްލި ހާލަތު އިއުލާން ކުރުމަށް އެދިވަޑައިގެންފަ އެވެ.

މި ސަމިޓްގައި ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާއިރު، ގައުމުތަކުން ވަނީ އެކި އަހަރުތަކަށް ބަހާލައިގެން ލަނޑުދަނޑިތަކެއް ކަނޑައަޅާފަ އެވެ.

ކްލައިމެޓް އިމަޖެންސީ އިއުލާން ކުރުމަށް ގުޓަރޭސް ގޮވާލައްވާފައިވާއިރު، އެންމެ ފަހުން ކްލައިމެޓް އިމަރޖެންސީ އިއުލާނުކޮށްފައިވަނީ ނިއުޒިލެންޑުން ނެވެ.

މޫސުމީ ކުއްލި ޙާލަތު އިއުލާނު ކުރުމަށްފަހު ނިއުޒިލޭންޑުން ވަނީ 2025އަށް އެ ޤައުމަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ނިންމާފަ އެވެ.

ނިއުޒިލޭންޑުގެ އިތުރުން، 32 ޤައުމަކުން މިހާތަނަށް މޫސުމީ ކުއްލި ޙާލަތު އިއުލާނު ކޮށްފައިވާ އިރު، އެގޮތުން މިހާތަނަށް ކުއްލި ޙާލަތު އިއުލާނު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ކެނެޑާ، ފްރާންސް، ޔޫކޭ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް