ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްކެޓުތަކުގައި އަލުން ކުލަ ލަމުން ދަނީ ކުރިން ލާފައި ހުރި ކުލަ ފަނޑުވަމުންދާތި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައި މިވަނީ ކުރިން ކުލަ ލާފައި ހުރި އެ އިމާރާތްތަކުގައި އަލުން ކުލަ ލާންފަށާފައިވާތީ ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުންނެވެ. ސޯޝަލް މީޑިއާގައި އާންމުވި ގިނަ ފޮޓޯތަކުގައި ހުރީ އޮރެންޖު ކުލަ ލަމުންދާ އިމާރާތުގެ ފޮޓޯއެވެ.
އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ އެ އިމާރާތްތަކުގައި އެންމެ ފުރަތަމަ ކުލަލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި އަލުން ކުލަ ލަމުން ދަނީ ކުލަ ފަނޑުވެފައިވާ އިމާރާތުގައި ކަމަށެވެ.
އެ މަސައްކަތް ކުރަނީ ކޮންޓްރެކްޓަރު ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ކުންފުނިން ބުނީ ކޮންޓްރެކްޓަރާއި އެކު ހަދާފައިވާ އެއްބަސްވުން އޮތުމުން މިފަދަ މަސައްކަތްތައް ކުރާނީ ކޮންޓްރެކްޓަރު ކަމަށާއި އިމާރާތްތަކުގައި އަލުން ކުލަ ލުމުގައި ސަރުކާރުގެ ދައުރެއް އަދި ސަރުކާރާއި ނުވަތަ އެ ކުންފުންޏާއި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ،
https://twitter.com/hdcmaldives/status/1337818378040352768
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓު އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.
މަޝްރޫއަކީ 434 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
މި ފްލެޓުތައް ހަވާލު ކުރުމަށް، ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްތު މި މަހުގެ ނިޔަލަށް ކަނޑައެޅޭތޯ މަަސައްކަތް ކުރަމުންދާ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް