ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަަނަފަރު ރިސޯޓުގައި ރޭ އަލިފާން ރޯވެފައިވަނީ އިންޖީނުގޭގައި ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނަށް ކޮށްފައިވަނީ ރޭ މެންދަމު 3:35 ހާއިރު އެވެ. މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 6:05 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ އިންޖީނުގޭގައި އުސްކޮށް ހަދާފައި ހުރި ސާމާނު ރައްކާކުރާ ގުދަނެއްގައި ކަމަށެވެ. މި ހާދިސާގައި ޖަނެރޭޓަރާއި ޕެނަލް ބޯޑާއި، އެ ގުދަނާއި ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަށް ގެއްލުންވެފައިވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އެމްއެންޑީއފުން ދަނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް