މިދިޔަ މަހުވެސް އިމްޕޯޓު އެކްސްޕޯޓާއި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓު ކުރި މުދަލުގެ އިތުރުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށް ވެއްޖެ އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މ...

13 Dec 2020 | 04:53

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލާއި އެކްސްޕޯޓު ކުރި މުދަލުގެ އިތުރުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށް ވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ 52 ޕަސެންޓު ވަނީ ދަށްވެފައި އެވެ. މިދިޔަ މަހު 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު 2019 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ، ސިންގަޕޫރު އަދި އިންޑިއާއިންނެވެ.

ރާއްޖެއިން މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ 46 ޕަސެންޓު ވަނީ ދަށްވެފައި އެވެ. ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން 224 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުުކޮށްފައިވާއިރު މިދޔަ އަހަރުގެ އެ މުއްދަތުގައި 417 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ފަރަންސޭސިވިލާތާއި ތައިލެންޑު އަދި އިޓަލީވިލާތެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ މަހުގެ އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 33 ޕަސެންޓު ދަށްވެފައި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި ކަސްޓަމްސް މެދުވެރިކޮށް 303 މިލިއަން ރުފިޔާ ލިބުނު މިއަހަރުގެ ނޮވެމްބަރުގައި ލިބިފައިވަނީ 204 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް