ފާއިތުވި 24 ގަދި އިރު 27 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ޢާންމުކުރި ތަފާސް ހިސާބަށް ބަލާ އިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހުންނާއި ދިހަ ބިދޭސީން ނެވެ.
މިބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 19 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
އެހެންކަމުން ބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 11،244 އަށް އަރާފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން އަންނަނީ 820 މީހުންނަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 243 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު، 52 މީހުންނަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުން ނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 41 މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ. އެއީ 34 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް