މޯލްޑިވްސް ރިސާރޗުން ބާއްވާ ހެލްތު ފޯރަމެއް މާދަމާ ބާއްވަން ނިންމައިފި

މޯލްޑިވްސް ރިސާރޗުން ބާއްވާ ހެލްތު ފޯރަމެއް މާދަމާ ބާއްވަން ނިންމައިފި އެވެ. މާދަމާ ހެނދުނު 08:30 އިން ހަވީރު 05:30 އަށް ބާއްވާ މި ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމާއި ބެހޭގޮތުން އެނިޒާމު ބޭނުން...

13 Nov 2020 | 17:58

މޯލްޑިވްސް ރިސާރޗުން ބާއްވާ ހެލްތު ފޯރަމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

މާދަމާ ހެނދުނު 08:30 އިން ހަވީރު 05:30 އަށް ބާއްވާ މި ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމާއި ބެހޭގޮތުން އެނިޒާމު ބޭނުން ކުރައްވާ އުތުރުގެ އަތޮޅުތަކުގެ އެކިއެކި ފަރާތްތަކުގެ ޚިޔާލު ހޯދުމެވެ.

މިފޯރަމުގައި ޞިއްޙީ ނިޒާމުގެ ފުންނާބު އުސް ފަރާތްތަކާއި، ޚިދުމަތް ދެއްވާ ބޭފުޅުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަނެވޭނެއެވެ.

މޯލްޑިވްސް ރިސާރޗުން އިންތިޒާމު ކޮށްގެން ވިލާކޮލެޖާއި އޭޑީކޭ ގެ ފުރިހަމަ އެއްބާލުމާއެކު ކުރިއަށް ގެންދާ މިފޯރަމްގެ ޑިޖިޓަލް ޚިދުމަތުގެ ބައިވެރިންނަކީ ދިވެހި ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގު އެވެ.

މޯލްޑިވްސް ރިސަރޗުން ބުނީ މި ފޯރަމް ކުރިއަށް ގެންދާނީ ފޯރަމްގެ ބައިވެރިންނާއި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާ ބޭފުޅުންނާއި މި ފޯރަމް އިންތިޒާމު ކުރާ ފަރާތްތައް ޒޫމް މެދުވެރިކޮށް ގުޅައިލައިގެން ކަމަށެވެ.

އުތުރުގެ އަތޮޅުތަކާއި، މާލެ، އިނގިރޭސިވިލާތް އަދި ތައިލޭންޑުގާ ތިއްބެވި ބައިވެރިންނާ ޒޫމް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން މިފޯރަމުގައި ސިއްޙީ ނިޒާމުގެ ސިއާސަތު ކަނޑައެޅުމުގެ މާހިރެއް ކަމުގައިވާ ޑރ. ޢަބްދުއް ސައްތާރު ޔޫސުފާއި މިހާރު ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑރ. އަލީ ނިޔާފު ކީނޯޓު ސްޕީކަރުންގެ ހައިޞިއްޔަތުން މި ފޯރަމުގެ ބައިވެރިންނާ މުޙާތަބު ކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

މިފޯރަމުގައި މަޝްވަރާ ކުރާ މައިގަނޑު މަޢުޞޫއުތަކަކީ ޞިއްހީ ޚިދުމަތުގެ ނިޒާމާއި، ދެވޭ ޚިދުމަތާއި މުވައްޒަފުންގެ އިތުބާރު އަދި އިންސާނީ ވަޞީލަތްތަކާއި ޤާނޫނުތަކެވެ.

މީގެ އިތުރުން ޤައުމީ ޞިއްޙީ ޚިދުމަތްތަކުގެ އިންޝުއަރެންސް ސްކީމްތަކާއި އޭގެ އަގުތަކާއި ސިއްޙީ ޚިދުމަތް ލިބެންހުރި ހަމަހަމަ ކަމާއި އިންސާފުވެރިކަން އަދި ވަކިފަރާތަކަށް ނުޖެހުން މިމަޝްވަރާތަކުގެ އަލީގައި މޯލްޑިވްސްރިސާރޗުން ރިޕޯރޓެއް ޝާއިޢުކުރަންވަނީ ހަމަޖެހިފައެވެ.

މިރިޕޯރޓުގައި ސިއްޙީ ނިޒާމު ރަގަނޅު ކުރުމަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް