ޞަލާހް ކޮވިޑް-19 އަށް ފައްސި ވެއްޖެ

އިނގިރޭސި ކުލަބު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޞަލާހް ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ. ސަލާހު ފައްސިވިކަން ކަށަވަރު ކޮށްދެމުން މިސްރުގެ ފުޓުބޯޅަ އިދާރާ...

13 Nov 2020 | 16:41

އިނގިރޭސި ކުލަބު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޞަލާހް ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

ސަލާހު ފައްސިވިކަން ކަށަވަރު ކޮށްދެމުން މިސްރުގެ ފުޓުބޯޅަ އިދާރާއިން ނެރެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޓޯގޯއާ މިސްރާ ބައްދަލު ކުރާ މެޗުގެ ކުރިން ހެދި ޓެސްޓުން ސަލާހު ފައްސިވެފައިވާ ކަމަށެވެ.

މިސްރުގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަލާހުގެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ސަލާހުގެ ކިބައިން އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށާއި ޓީމާއި އެކަހެރިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެެވެ

ކޮވިޑް-19އަށް ސަލާހް ފައްސިވުމާއެކު ކުރިއަށް ހުރި ގިނަ މެޗުތައް އޭނާއަށް ގެއްލޭއިރު، މިހާރު ކުރިޔަށްދާ އެފްރިކަން ނޭޝަންސް ކޮލިފައިންގެ ބައެއް މެޗުތަކުގެ އިތުރުން ލިވަރޕޫލްގެ ބައެއް މެޗުތަކުގައި ވެސް ސަލާހުއަށް ނުކުޅެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް